ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް- ގޫގުލް އިމޭޖެސް
ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް- ގޫގުލް އިމޭޖެސް
ޕްރައިމަރީ ހެލްތުކެއާ (ޕީއެޗްސީ) ނިޒާމުގެ ގެ ތެރެއިން ކެންސަރަށް ސްކްރީން ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެކްސްގަައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރަމުންދާއިރު ކެންސަރު ބަލިން އަރައިގަތުމަށްޓަކައި ބަލި ތަޙައްމަލުކުރާ މީހުންނާއި ޢާއިލާތަކާއި ޞިއްހީ ޚިދުމަތްތެރިން ދައްކާ ހިތްވަރުގެ މަތިން ހަނދާންކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން މި ބަލި ޖެޖިފައިވޭތޯ ދުރާލާ ދެނެގަތުމަށް ޕީއެޗްސީ ނިޒާމުގެ ތެރެއިން ސްކްރީންކުރުމަށް ޚާއްސަ އިސްކަމެއްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކޮށް، ދުރާލާ މި ބަލި ދެނެގަތުމަށް ސްކްރީނު ކޮށްފިނަމަ ރާއްޖޭގައި މި ބަލީގެ ރިސްކު ކުޑަކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



ޕްރައިމަރީ ހެލްތު ކެއަރ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން