ސީރީސް އެއް ޕްރޮމޯޓު ކުރަން އުޅުމުގެ ތެރޭގަައި ބޮލީވުޑްގެ ތަރި އަރުޖުން ރާމްޕަލް އަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
އިންޑިއާގެ އީޓައިމްސް ނޫހުގެ ރިޕޯޓެއްގައި ބުނެފައިވަނީ އަރުޖުން އަށް ޒަހަމްތަކެއް ލިބިފައިވަނީ ނެޓްފްލިކްސް އިވެންޓެއްގައި އޭނާގެ ސީރީސް "ރަނާ ނައިޑޫ" ގެ ދެވަނަ ސީޒަން ޕްރޮމޯޓު ކުރަން އުޅެނިކޮށް ކަމަށެވެ. އެގޮތުން އޭނާ ޒަހަމްވެފައިވަނީ އޯޑިއެންސަށް "ގްރޭންޑު އެންޓްރެންސް" އެއް ދޭން އުޅެނިކޮށް ކަމަށް ރިޕޯޓުގައި ވެއެވެ.
އަރުޖުން ވަނީ "ގްރޭންޑު އެންޓްރެންސް" ދިނުމަށްޓަކައި އެ އިވެންޓު ބޭއްވި ތަނުގައި ހުރި ބިއްލޫރި ޕެނެލެއްގަައި ފައިން ޖަހާފައެވެ. ނަމަވެސް އެތާ ތެރެއަށް އޭނާ ވެދެގެންދިޔަ ވަގުތު އެ ބިއްލޫރި ޕެނެލް ތަޅަިގެންގޮސް، އޭގެއިން ބިއްލޫރި ޖެހި އޭނާގެ އިނގިލިތައް ކަނޑައިގެން ދިޔަކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އަރުޖުންގެ ސީރީސް ރާނާ ނައިޑޫ އަކީ އެމެރިކާގެ ސީރީސް "ރޭއި ޑޮނޮވަން" ގެ ރީމޭކެކެވެ. މި ސީރީސްގެ ކާސްޓުނެގް ތެރޭގައި އަރުޖުންގެ އިތުރުން ރަނާ ދައްގުބަތީ އާއި ވެންކަތޭޝް ހިމެެނެއެވެ.

ކިޔުންތެރިންގެ ހިޔާލު