އިނގިރޭސި ވިލާތުގައި ކޯވިޑް-19 އަށް ޓެސްޓުކުރެވޭ އަދަދާމެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމާއެކު އޭޕްރިލް މަސް ނިމެންވާއިރަށް ދުވާލެއްގެ މައްޗަށް 100,000 ޓެސްޓު ކުރެވޭތޯ މަސައްކަތް ކުރާނެކަމުގައި އެޤައުމުގެ ހެލްތް ސެކްރެޓަރީ މެޓް ހޭންކޮކް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހެން ބުނެފައިވާއިރު އޭޕްރިލް 2 ވަނަ ދުވަހާ ހަމައައަށް ޔޫކޭގައި ކުރެވެމުން އައީ ދުވާލެއްގެ މައްޗަށް 10,000 ޓެސްޓެވެ. ޖަރުމަނުފަދަ ގައުމުތަކުން އަންނަނީ ދުވާލެއްގެ މައްޗަށް 50,000 ޓެސްޓު ކުރަމުންނެވެ.
ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ބޭނުންވާ އަދަދަށް އިނގިރޭސި ވިލާތުގައި ޓެސްޓުކުރުމަކީ ފަސޭހަކަމަކަށް ނުވާ ސަބަބުތައް ގިނައެވެ. އޭގެތެރޭގައި ޓެސްޓުކުރާނެ ލެބޯރެޓްރީގެ ޖާގައާއި، މެޝިން މަދުވުން ފަދަ މައްސަލަތައް ހިނެއެވެ. އޭގެ އިތުރުން ސާމްޕަލް ނެގުމާއި ލެބޯރެޓްރީގައި ޓެސްޓު ހެދުމަށް ބޭނުންވާ މުވައްޒަފުންގެ ދަތިކަމާއި ރައްކާތެރިގޮތެއްގައި ސާމްޕަލްތައް ލެބަށް ގެނައުމުގެ ނިޒާމެއް ހަމަޖެހިފައި ނެތުންވެސް ހިމެނެއެވެ.
އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމަ ޓެސްޓުކުރުމަށް ބޭނުންކުރެވެމުން އައީ ވަރަށް މަދު ލެބޯޓްރީތަކެކެވެ. ނަމަވެސް 3 ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 40 އަށް އިތުރުކުރެވިފައެވެ.
މިހިނގާ އޭޕްރިލް މަހުގެ 15ގެ ނިޔަލަށް އިނގިރޭސި ސަރުކާރުގެ ޓާގެޓަކަށްވީ ދުވާލެއްގެ މައްޗަށް 25000 ޓެސްޓުކުރުމެވެ. އަދި މިދިޔަ އަންގާރަ ދުވަހު ދުވާލެއްގެ މައްޗަށް 12,799 ޓެސްޓުކުރުމުގެ ގާބިލްކަން އޮތްނަމަވެސް އެ ދުވަހާއި ހަމައަށް ކުރެވުނީ ދުވާލަކު 10,650 ޓެސްޓެވެ.
ކޯވިޑް-19 އަށް މިހާތަނަށް އިނގިރޭސި ވިލާތުން 41,903 މީހަކު ޕޮޒިޓިވްވެފައިވާއިރު، 4,313 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު