މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާން މިއަދު އައްޔަނުކޮށްފި އެވެ.

އެމްޕީއެލްގެ އެމްޑީކަމުގެ އިތުރުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ރިޝްވަން ޢައްޔަނު ކޮށްފައިވާކަން އިޢުލާނު ކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނު ކޮށްފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދީއްތަ ދުވަހު މަޤާމުން ވަކިކުރުމަށް ފަހުއެވެ. ނޮވެމްބަރު 28، 2023 ގައި މަގާމަށް އައްޔަނުކުރި ވަޖީހު މަޤާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ރިޝްވާން ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރަށްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 12 ޖުލައި 2011 ގައެވެ. ރިޝްވާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރަށްވާފައެވެ.

އެމްޕީއެލްގެ އެމްޑީއަކަށް ރިޝްވާން އައްޔަނު ކޮށްފައިވާއިރު ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް މިހާރު ގެންދަނީ ބަދަލުތައް ގެންނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން