މަރްޔަމް ނަހްދާ ވަޙީދު   5 ފެބްރުއަރީ 2025 - 16:26
މާމިގިލީ ދާއިރާގެ އިއްޒައްތެެ މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމް- ގޫގުލް ފޮޓޯސް
މާމިގިލީ ދާއިރާގެ އިއްޒައްތެެ މެމްބަރު އޮނަރަބަލް ގާސިމް އިބްރާހިމް- ގޫގުލް ފޮޓޯސް
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރ، މާމިގިލީ ދާއިރާގެ މެމްބަރު، އޮނަރަބަލް ޤާސިމް އިބްރާހިމް މާދަމާ، 6 ފެބްރުއަރީވާ ބުރާސްފަތި ދުވަހު ނޫސްވެެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ހުރިހާ މީޑިއާތަކަށް ވަނީ ދައުވަތު އަރުވާފައެވެ.

ރައީސް ޑރ މުއިއްޒުގެ ސިޔާސަތު ތަކަށް ވަރަށްބޮޑަށް ތާޢީދު ކުރައްވާ ޤާސިމް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވަން ނިންމަވާފައިވާއިރު މާދަމާއަކީ މިއަހަރަށް މަޖިލީސް ހުޅުވާ ޖަލްސާ ބާއްވާ ދުވަހެވެ. މިޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުން ވެސް އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން