ބޮލީވުޑްގެ މަޝްހޫރު ތަރިން ވަރުން ދަވަން އާއި ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ސަނީ ސަންސްކަރީކީ ތުލްސީ ކުމާރީ" ގެ ޝޫޓިން މުއްދަތު އިތުރުކޮށްފިއެވެ.
މި ފިލްމުގެ ޝޫޓިން މުއްދަތު އިތުރު ކޮށްފައިވަނީ އިތުރު މަންޒަރުތަކެއް އެކުލަވާލަން ފިލްމުގެ ޕްރޮޑިއުސަރުން ބޭނުންވާތީއެވެ. އެގޮތުން ފިލްމުގެ ބައެއް މަޖާ ސީން ތަކުގެ އިތުރުން ދެ ލަވައެއް ޝޫޓު ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މި ޝޫޓުތަކަށް އިތުރު 25 ވަރަކަށް ދުވަސް ނަގާނެ ކަމަށް ބެލެވޭތީ ފިލްމު ނެރޭ ދުވަސް ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން މި ފިލްމު ނެރުމަށް ނިންމީ މިއަހަރު އެޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.
ދެން މި ފިލްމު ނެރޭނީ މިއަހަރުގެ މެދުތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އަދި ނެރޭ ދުވަސް އިއުލާން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު