މަރްޔަމް ނަހްދާ ވަޙީދު   7 ފެބްރުއަރީ 2025 - 4:0
ފިލްމު "މޭހޫނާ" ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
ފިލްމު "މޭހޫނާ" ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
އެތައް ބައެއްގެ ތަރުހީބު ލިބުނު ހިޓު ފިލްމު "މޭހޫނާ" ގެ ސީކުއެލް އެއް އުފައްދަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމު އުފެއްދުންތެރިޔާ ފަރާ ހާނު ވަނީ ދާދި ފަހުން "މޭހޫނާ 2" އުފެއްދުމާ ގުޅޭ ގޮތުން ޝާހުރުކް އާއި ވާހަކަ ދައްކައި ހިޔާލުތައް ހުށަހަޅާފައެވެ. އަދި ސީކުއެލް އަށް ފަރާ ހުށަހެޅި ހިޔާލުތަކަށް ޝާހުރުކް ތާއީދު ކުރި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މިހާރު ސީކުއެލްގެ ސްކްރީން ޕްލޭ ލިޔަން ފަށާފައިވާއިރު، ފުރަތަމަ ފިލްމަށްވުރެވެސް ރަނގަޅު އިތުރަށް ފުރިހަމަ ސްކްރީން ޕްލޭއެއް ލިޔުމަށް ޝާހުރުކް ފަރާގެ ފަރާތުން އެދިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއަހަރު މެދުތެރޭގައި މި ފިލްމުގެ ފުރަތަމަ ޑްރާފްޓު ލިޔެ ނިމޭނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މޭހޫނާ އަކީ އިންޑިއާ ސިނަމާގެ އެންމެ ބޮޑެތި ބްލޮކްބަސްޓަރ ފިލްމުތަކުގެ ތެރެއިން ފިލްމަކަށް ވީއިރު، މި ފިލްމަކީ، ފިލްމު ޑައިރެކްޓު ކުރުމަށް ފަރާ ހާން ތައާރަފްވި ފިލްމުވެސް މެއެވެ. މިއީ ގިނަ އަދަދެއްގެ ތަރިން ހިމަނައިގެން އުފެއްދި ފިލްމަކަށްވީއިރު އޭގެ ތެރޭގައި ޝާހުރުކް ޚާން، ސުޝްމިތާ ސެން، ޒައިދު ޚާން، އަމްރިތާ ރާއޯ، އަދި ސުނިލް ޝެޓީ ފަދަ ތަރިން ހިމެނެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން