ޤުރުއާން މުބާރާތުގެ އިންތިޒާމްތަކާއި ތައްޔާރީތަކާއި ގުޅޭގޮތުން  މެމްބަރު ދީދީ ދީނީ އިލްމުވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން--
ޤުރުއާން މުބާރާތުގެ އިންތިޒާމްތަކާއި ތައްޔާރީތަކާއި ގުޅޭގޮތުން މެމްބަރު ދީދީ ދީނީ އިލްމުވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން--
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ދީދީ، ކުރިއަށް އޮތް ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވަވަން ނިންމަވައިފި އެވެ.

މެންބަރު ދީދީ ފޭސްބުކްގައި ވިދާޅުވީ އެ މުބާރާތުގައި ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކޮންމެ މީހަކަށް ވެސް ބައިވެެރިވެވޭނެ ކަމަށެވެ.

އެހެންކަމުން ޤުރުއާނަށާއި އިސްލާމް ދީނަށް ލޯބިކުރާ އެންމެނަށް ވެސް އެ މުބާރާތަށް ތައްޔާރުވެ ތިބުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ދީދީ "ރަސް"އަށް ވިދާޅުވީ އެ މުބާރާތް ފަށާނީ ރަމަޟާން މަހުގެ 14ވަނަ ދުވަހު އައްޑޫ ސިޓީގެ މަރަދޫގައި ކަމަށެވެ

ބަލައިގެންނާއި ހިތުން ކިޔަވާގޮތަށް އަށް އުމުުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވުމަށް ކައިރި އަތޮޅުތަކުގެ މީހުންވެސް ޝައުުގުވެރިކަން ފާޅުކުރަމުންދާ ކަމަށް މަރަދޫ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މުބާރާތުގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ހައްޖާއި އުމްރާއި ދަތުރުގެ އިތުރުން ފައިސާގެ އިނާމުވެސް ދޭނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން