"ދަ ޑިޕްލޮމެޓް" ގެ ޕޯސްޓަރު
"ދަ ޑިޕްލޮމެޓް" ގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު "ދަ ޑިޕްލޮމެޓް" ގެ ޓީޒަރު ނެރެފިއެވެ.

މި ފިލްމަކީ ހަގީގީ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ތުރިލާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކަންކަމުގެ ހަގީގަތް ހާމަކުރުމަށްޓަކައި "ހީރޯ" އެއްވެސް ކަހަލަ ހަތިޔާރެއް ބޭނުން ކުރަން ނުޖެހޭ ކަން މި ފިލްމުން ހާމަވާ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގެ ލީޑުން ޖޯން އަބްރަހަމް ފެނިގެންދާއިރު، މި ފިލްމުގައި އޭނާ ފެނިގެންދާނީ މީގެ ކުރިން ފެނިފައި ނުވާ ސިފައެއްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މި ފިލްމުގައި ހަތިޔާރުތަކުގެ ބަދަލުގައި އޭނާ ބޭނުން ކުރަނީ އޭނާގެ ބަސްތައް ކަންވެސް އެނގިގެން ދެއެވެ.



ޖޯންގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި، ސާޑިއާ ޚަތީބު، ރެވަތީ އަދި ކުމުދް މިޝްރާ ހިމެނެއެވެ. އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މާރޗު 7 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން