ސްރީީލަންކާގައި ކާފިއު ހިންގާފައި
ސްރީީލަންކާގައި ކާފިއު ހިންގާފައި
ކޮރޯނާވައިރަހާއި ގުޅިގެން މާރޗް 20 ވަނަ ދުވަހު ސްރީ ލަންކާގައި އިއުލާނުކުރި ކާފިއުގެ ޤަވާޢިދާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 13,468 މީހަކު ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.

ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފުލުހުން ވަނީ ކާފިއުގެ ޤަވާޢިދާ ޚިލަފުވެގެން 1,245 މީހަކު ހައްޔަރުކޮށް، 336 އުޅަނދެއް އަތުލާފައެވެ.

ސްރީ ލަންކާގައި 170 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު 5 މީހަކު ވަނީ ބަލީގައި މި ދުނިޔެ ދޫކޮށްފައެވެ. އެގައުމުން އަލަށް މި ބަލި ފެނިފައިވަނީ މާރޗް މަހުގެ 11 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން