އެއްވެސް ރައްޔިތެއްގެ ޒާތީ މަޢުލޫމާތަށް އެކްސެސް ވެއްޖެނަމަ އެކަން އެނގޭނެ އައިޑީކާޑެއް ތަޢާރަފް ކުރެއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެން ވިދާޅުވީ ދަޢުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މި ޒަމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާޑެއް ތަޢާރަފުކުރައްވަން ނިންމަވާފައިވާ ކަމަށާއި އެ މަސައްކަތް ކުރާނީ ބައިނަލްއަޤުވާމީ ފެންވަރުގައި ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.
ހަމައެއާއެކު އެފަދަ ކާޑެއް ތަޢާރަފް ކުރުމުން އެއްވެސް ތަނަކުން އައިޑީ ކާޑަށް އެކްސެސް ވެއްޖެނަމަ ވެރިފަރާތަށް އެކަން އެނގޭނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.
“އެއްވެސް އެޖެންސީއަކުން ނުވަތަ ޕްރައިވެޓް ސެކްޓަރގެ ފަރާތަކުން އެމީހެއްގެ ކޮންސެންޓް އެކަމުގައި ބޭނުންވާނެ. އެކޮންސެންޓާ އެކު އިދާރާއަކުން އެކަން ކުރާނީ.” އިޙްސާން ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރު ވަނީ ރުހުން ދިނުމަށް ފަހު ވެސް އައިޑީ ކާރޑުގެ މައުލޫމާތު ހޯދީ ކާކުކަން ނުވަތަ ކޮންކަމަކާ ގުޅިގެންކަން ބެލޭނެ ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. ނަމަވެސް ޕީއެންސީން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު