ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ޓެކްނޮލެޖީއަށް އަހުލުވެރި ޓީޗަރުން ބިނާ ކުރުމަށް ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަފީޢު މިހެން ވިދާޅުވީ ދަޢުލަތުގެ މީޑިއާއިން ރޭ ގެނެސްދިން "ރިޔާސީ ބަޔާން 2025 ފޯރަމް" ގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ޒަމާނީ ޓެކްނޮލެޖީއަށް އަހުލުވެރި ޓީޗަރުން ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.

“ޓެކްނޮލަޖީއަށް އަހުލުވެރި ޓީޗަރުންގެ ފޯސްއެއް ބިނާ ކުރުމަށް އެންއައިއީގެ ތެރެއިން ޚާއްސަ ޕްލެޓްފޯމެއް ޤާއިމްކޮށްދޭނަން.” ވަޒީރު ޝަފީޢު ވިދާޅުވިއެވެ.

ހަމައެއާއެކު ވަޒީރު ވަނީ އައު އެޑިއުކޭޝަން މެނޭޖްމަންޓް ސިސްޓަމް ތަރައްޤީ ކުރަށްވާނީ ދަރިވަރުންގެ މަޢުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ފެންނާނެ ގޮތަށް ކަމަށްވެސް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އެ ސިސްޓަމް ތަރައްޤީކުރަށްވަނީ 45 މިލިއަން ރުފިޔާ ޚަރަދު ކުރަށްވައިގެން ކަމަށެވެ.

އަދި އެ މަޝްރޫއު ނިމިގެންދާއިރު ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރާއި އުނގެނުމުގެ މާހައުލުގައި ހިނގާ ކަންތައްތަކާއި، އުނގެނުމުގެ މާހައުލުގައި ދަރިވަރުގެ އިމްތިޙާނުތަކުގެ ނަތީޖާތައް ބެލެނިވެރިންނަށް ފަސޭހައިން ލިބެން ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ރޭގެ ޕްރޮގްރާމްގައި ވަޒީރު ވަނީ 2015 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ދިވެއްސާއި ހިސާބާއި އިނގިރޭސި މާއްދާއިން ދަރިވަރުން ފާސްވާ ނިސްބަތް ދަށްވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން