"ޑަންކީ" ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
"ޑަންކީ" ގެ ޕޯސްޓަރު- ގޫގުލް އިމޭޖެސް
އިމިގްރޭޝަން ގެ ކަންކަމާ ބެހޭ ގޮތުން އިންޑިއާގެ ރައްޔިތުން ބަހުސް ކުރަމުންދާއިރު، ޝާހުރުކްގެ ފިލްމު "ޑަންކީ" އަލުން ތިއޭޓަރުގައި އަޅުވަން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

މިޑްޑޭގައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ މި ފިލްމު އަލުން ނެރުމާ ބެހޭ ގޮތުން މިހާރު ރެޑް ޗިލީސް އެންޓަޓެއިންމެންޓާ ވާހަކަ ދެކެވެމުންދާ ކަމަށާއި، މިމަހު އެ ފިލްމު ސިނަމާތަކުގައި އަޅުވަން މަސަައްކަތް ކުރަމުންދާ ކަމަށެވެ.

މި ފިލްމަކީ 2023 ވަނަ އަހަރުގެ ރިލީޒް ކުރި ފިލްމަކެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ގަވާއިދާ ހިލާފަށް ގައުމުން ބޭރަށް ދިރިއުޅުން ބަދަލު ކުރުމާ ބެހޭ ގޮތުންނެވެ.

އިންޑިއާގައި މިހާރު އިމިގްރޭޝަން ގެ ކަންކަމާ ބެހޭގޮތުން ބަހުސްތައް އާންމު ވެފައިވާއިރު، މި ދަނޑިވަޅުގައި މި ފިލްމު އަޅުވަން ބައެއް ފަރާތްތަކުން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އަދި ރެޑް ޗިލީސް އެންޓަޓެއިންމެންޓުން މިކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ.

މިފަދަ މަޝްވަރާ ތަކެއް ފެންމަތިވެފައި މިވަނީ، މިފަހަކުން، އެމެރިކާގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ އިންޑިއާ މީހުންތަކެއް، އެމެރިކާގެ ސިފައިން މެދުވެރިކޮށް އެއްވެސް އިންސާނިއްޔަތު ކަމެއްް ނެތި ހަތަރެސްފައިގައި ބިޑި އަޅުވައި، އިންޑިއާއަށް އަނބުރާ ގެނައުމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން