ރައީސް ޑރ. މުޢިއްޒު ފަލަސްތީނުގެ ރައީސް އާއެކު
ރައީސް ޑރ. މުޢިއްޒު ފަލަސްތީނުގެ ރައީސް އާއެކު
ފަލަސްޠީނުގެ ދައުލަތެއް ސަޢުދީ ޢަރަބިއްޔާގެ ތެރޭގައި އުފެއްދުމަށް ގޮވާލައި، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނަތަންޔާހޫގެ ވާހަކަތައް ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ސަޢުދީ ޢަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ގޮތަށް ދައްކާ އެއްވެސް ވާހަކައެއް ރާއްޖޭން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޗާޓަރުތަކާއި މުޅިން ޚިލާފު ވާހަކަތަކެއް ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

އޭގެއިތުރުން ޔަތަންޔާހޫގެ ވާހަކަތަކަކީ ހަމައެކަނި ސަޢުދީ ޢަރަބިއްޔާގެ އިސްތިގުލާލާ ޚިލާފު ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމަށް މެދުނުކެނޑި ހިންގާ ޢަމަލުތަކުގެ ބައެއް ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ 1967 ގެ ބޯޑަރުތަކަށް އެނބުރި ރުޖޫޢަވުމަށް ދިވެހި ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރު ކޮށްފައެވެ. އަދި އިސްރާއީލްގެ ވެރިންގެ މިފަދަ ނަފްރަތުގެ ބަޔާންތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ތެދުވުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޚާރިޖީ ވުޒާރާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ހިންގާ އެއްވެސް ޢަމަލަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން