ޝޯޝަލް މީޑިއާއަކީ މީހާގެ ސިކުނޑި ހަލާކު ކޮށްލާ އެއްޗެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާނު ޚާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން "ޑަމްބު ބިރިޔާނީ" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައެވެ. އެގޮތުން ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ސަލްމާނު ވަނީ ސޯޝަލް މީޑިއާގެ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އޭނާގެ ހިޔާލުތައް ހިއްސާ ކޮށްފައެވެ.
އެގޮތުން އޭނާ ބުނެފައިވަނީ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ދޮގު މައުލޫމާތުތައް ހުންނަ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަން އެނގި، އޭގެ ސަބަބުން އެމީހެއްގެ އަމިއްލަ ސިކުނޑިއަށް އަސަރު ކުރާ ކަމަށްވެސް ސަލްމާނު ވަނީ ބުނެފައެވެ.
އަދި ސޯޝަލް މީޑިއާގެ ސަބަބުން އެތައް ބަޔަކު އެމީހުންގެ އަމިއްލަ ނަފްސާމެދު ސުވާލުތައް އުފައްދާ ކަމަށާއި، އެތައް ބައެއްގެ އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށްވެސް ސަލްމާނު ވަނީ ފާހަގަ ކޮށްފައެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު ސަލްމާނު ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ "ސިކަންދަރު" އިންނެވެ. އޭނާއާއެކު ފިލްމުގެ ލީޑުން ފެންނާނީ ރަޝްމިކާ މަންދަނާ އެވެ.

ކިޔުންތެރިންގެ ހިޔާލު