ސަރުކާރަށް ބަރޯސާ ނުވެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގޭނެ މާހައުލެއް މިހާރު އެބައޮތް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ ބައިނަލްއަގުވާމީ ބާޒާރުގައި މަސް ހުންނަ އަގަށް މިފްކޯ އިން މަސް ގަންނަން ފެށުމުން މަސްވެރިކަމުގެ ސިނާއަތުގައި އޮންނަ ވާދަވެރިކަން އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ސިނާއަތަށް އިންވެސްޓްކުރާނެ ފަރާތްތައްވެސް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ މަސްވެރި ސިނާއަތަކީ ބޭރުގެ އިންވެސްޓަރުންނަށް ފަހި ސިނާއަތަކަށް މިހާރު ވެފައިވާ ކަމަށާއި ސަރުކާރަށް ބަރޯސާ ނުވެ މިފްކޯ ހިންގޭނެ މާހައުލެއް މިހާރު އެބައޮތް ކަމަށެވެ. އަދި ބޭރުގެ އިންވެސްޓަރުންނާއި ބޭންކުތަކުން މަސްވެރިކަމުގެ ސިނާއަތަށް ކުރާ އިތުބާރު ބޮޑު ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަމަ އެއާއެކު އެ މާހައުލު އުފެދުމާއެކީގައި އެހެން ކުންފުނިތައްވެސް މީގެ ތެރެއަށް އައީމާ ބޭރުގެ އިންވެސްޓަރުންނަށް އެބަ އެނގޭ މިއީ ރާއްޖޭގައި އިންވެސްޓްކުރަން ރަނގަޅު ދާއިރާއެއްކަން، ރަނގަޅު ސިނާއަތެ ކަން. ބޭންކްތަކުން ޖެހިލުމެއް ނުވޭ މަސްވެރި ސިނާއަތަށް ލޯނުތައް ދޭކަށް." ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން މަސްވެރިން މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު