ޝާހިދު ކަޕޫރު- ގޫގުލް އިމޭޖެސް
ޝާހިދު ކަޕޫރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ ހުރިހާ ފިލްމުތަކަކީވެސް ވަރަށް ފުރިހަމަ ފިލްމުތަކެއް ކަމަށް ޓްރޭޑު އެނެލިސްޓުން ބުނެފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވަނީ ޝާހިދު ފިލްމީ ދާއިރާއަށް ނިކުތުމަށްފަހު މިހާތަނަށް ކުޅެފައިވާ ކޮންމެ ފިލްމަކީވެސް ވަރަށް ފުރިހަމަ، ހަނދާނުން ފިލައިގެން ނުދާނެ ފަދަ ފިލްމުތަކެއް ކަމަށް ޓްރޭޑު އެނެލިސްޓުން ބުނެފައިވާ ކަމަށެވެ. އަދި އެހެން ތަރިންނާ ޝާހިދުއާ ތަފާތުވާ މައިގަނޑު ސަބަބަކީ އޭނާ ކުޅޭ ކޮންމެ ރޯލަކުން އޭނާގެ ހުނަރުވެރިކަމާއި "ޗާމު" ފެނިގެންދާތީ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ޝާހިދުގެ އެންމެ ފަހުގެ ފިލްމު "ދޭވާ" ގައިވެސް އޭނާގެ ރޯލު ވަރަށް ފުރިހަމައަށް އަދާ ކޮށްފައި ވާ ކަމަށް ޓްރޭޑް އެކްސްޕާޓުން އެއްބަަސްވެއެވެ. އަދި އޭނާގެ ހުށަހެޅުމާމެދު ބުނެވޭނެ އެއްވެސް އެއްޗެއް ނެތް ކަމަށްވެސް އެކްސްޕާޓުން ބުނެއެވެ.

އަދި ބޮކްސް އޮފީހުގެ ނަމްބަރުތަކަށް ކިތަންމެ ބޮޑު ބަދަލުތަކެއް އައި ކަމުގައި ވީނަމަވެސް، އޭނާގެ އެކްޓު ކުރުމުގެ ހުނަރަށް ބަދަލެއް ނާންނާނެ ކަމަށްވެސް ޓްރޭޑް އެކްސްޕާޓުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން