ޖަރުމަން ވިލާތުގެ މިސްކިތެއް
ޖަރުމަން ވިލާތުގެ މިސްކިތެއް
ކޯވިޑް-19އާއި ގުޅިގެން ޖަރުމަނާއި ނެދަރލޭންޑްސްގެ 100 އަށްވުރެ ގިނަ މިސްކިތުގައި ލައުޑްސްޕީކަރުން ބަންގި ގޮވަން ފަށައިފިއެވެ.

ޖަރުމަންގައި ބަންގި ގޮވާފައިވަނީ ތުރުކީ މުސްލިމުންގެ ޖަމިއްޔާއެއް ކަމަށްވާ ޑީއައިޓީއައިބީ އާއި އިސްލާމިކް ކޮމިއުނިޓީ ނޭޝަނަލް ވިއު (އައިޖީއެމްޖީ)އަށް ނިސްބަތްވާ މިސްކިތްތަކެއްގައެވެ.

ޑީއައިޓީއައިބީގެ ފަރާތުން މީޑިޔާއާއި ވާހަކަ ދެއްކި އޮފިޝަލަކު ބުނީ އެޤައުމުގެ 50 މިސްކިތަކުން ބަންގީގެ އަޑު އިއްވާފައިވާނެކަމަށެވެ. އަދި ޚާއްޞަ ސަބަބަކާއި ހުރެގެން މެނުވީ ލައުޑްސްޕީކަރުން ބަންގި ގޮވުމަކީ ޖަރުމަނުގައި މަނާކަމެއްކަމުގައި އޭނާ ބުންޏެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަރުމަނުގެ ވެރި ރަށުގެ މިސްކިތްތަކުގައި ބައެއް ގަޑިތަކުގައި ލައުޑް ސްޕީކަރ ބޭނުންކޮށްގެން ބަންގި ގޮވަން ފަށާފައިވާ ކަމަށް ވެސް ބައެއް މީޑިޔާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

ނެދަރލޭންޑްސްގައި ވެސް ލައުޑްސްޕީކަރުން ބަންގި ގޮވުމަކީ މިހާރު އާންމު ވަމުން އަންނަ ކަމެކެވެ. އެއީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްބައިވަންތަކަން ގާއިމުކުރުމަށް ކުރަންފެށި ކަމެއްގެ ގޮތުގައި އެގައުމުން ވަނީ ފާހަގަކޮށްފައެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކުގައި އިސްލާމުން ބާކީކޮށް މުސްލިމުންގެ މިސްކިތްތަކުން ބާރަށް ބަންގި ގޮވިޔަ ނުދީ އެކަން މަނާކޮށްފައި އޮތް އޮތުމަށް، ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއެކު ނިމުން އަންނަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން ލައުޑްސްޕީކަރ ބޭނުން ކޮށްގެން މުސްލިމުންގެ އަޅުކަމަށް ގޮވާ ބަންގި ގޮވުން މަނާކޮށްފައިވާ ޖަރުމަނާއި ނެދަރލޭންޑްސް ފަދަ ޤައުމު ތަކުގައި މިސްކިތްތަކުން އަޑުގަދަކޮށް ބަންގިގޮވަން ހުއްދަ ކުރުމާއެކު އެޤައުމުތަކުގައި ދިރިއުޅޭ މުސްލިމުން ގެންދަނީ އެކަން އުފަލާއެކު ފާހަގަ ކުރަމުންނެވެ. އަދި މިފަދަ ވިޑިއޯތަށް އެމީހުން ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ޔޫރަޕުގެ ޤައުމު ތަކުގެ ތެރެއިން އިޓަލީއާއި ސްޕެއިން ނެގުމަށްފަހު ވައިރަސްގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޖަރުމަނަށެވެ. ޖަރުމަނުގައި މިހާތަނަށް 98,737 މީހަކަށް މި ބަލި ޖެހި 1,523 މީހަކު ވަނީ މަރުވެފައެވެ. ނެދަރލޭންޑްސްގައި ބަލިޖެހުނު މީހުންގެ އަދަދު އުޅެނީ 17,851 ގައެވެ. އަދި މަރުވި މީހުންގެ އަދަދު އުޅެނީ 1,766 ގައެވެ.

މުޅި ދުނިޔެއިން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1,244,321 އަށް އަރާފައިވާއިރު، ބަލިން މަރުވި މީހުންގެ އަދަދު ވަނީ 67,851 އަށް އަރާފައެވެ.




ކިޔުންތެރިންގެ ހިޔާލު


14

ނަސީދު

06-Apr-2020

މީސްތަކުން ނޭ މީގެންވެސް އިބްރެއް ހާސިލް ކުރޭ


6

06-Apr-2020

ﷲ އަށް ހަމްދު ކުރަން


11

ހާއުފާ

06-Apr-2020

الله اكبر لا إله الله واللله اكبر. الحمد لله.



ޓްރެންޑިން