ހުޅުމާލޭގައި އަޅާ ކަންނެލި ޕެކިން ފެކްޓްރީގެ މަސައްްކަތް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ހުޅުމަލޭގައި އަޅަން ނިންމާފައިވާ ކަންނެލި ޕެކިން ފެކްޓްރީގެ މަސައްކަތް ފެށޭނެ ތާރިހާއި ނިމޭނެ ތާރިހާ ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ފަންްޑު އެހީ އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކުން މިހާރު ހަަމަޖެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އެ މަޝްރޫއު އިއުލާންކޮށް މި އަހަރުގެ މެދުތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީ އަޅުގަނޑުމެން އަންދަޒާކުރެވެނީ މި އަންނަ އަހަރުގެ މެދުތެރެއަށް މަސައްކަތް ނިންމާލެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ފެސިލިޓީއާއެކު ކަންނެލި މަސްވެރިންނަަށް އޮތް ގޮންޖެހުންތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު