މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޕޮންޒީ ސްކީމެއް ހިންގިކަމަށް ތުހުމަތުކޮށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ދަޢުވާކުރާ މައްސަލަތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އަލްހާން އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދަޢުލަތުން ވަނީ ވަކިވަކިން ޓެކުމުގެ 13 ދައުވާއެއް އުފުލައިފައެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަލްހާނުގެ ތިން ބެއިންގެ ފަރާތުން އެދިފައިވަނީ ދައުވާ ފުރިހަމަ ނުވާތީ ދައުވާކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.
އެގޮތުން ދިފާއީ ވަކީލު އަލީ ސައީދު ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ ވިދާޅުވީ ޖިނާއީ ކުށެއް ވިޔަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަށް ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގައި ވެސް ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ކުންފުންޏަށް ދައުވާކުރެވެން އޮންނަކަން ވަކީލް ފާހަގަކުރެއްވިއެވެ.
އެކަމުގެ މިސާލުތައް ދައްކަވަމުން ދިފާއީ ވަކީލް ވިދާޅުވީ މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމަށާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަމަށެވެ.
އޭގެއިތުރުން ކުންފުނީގެ ބިތުފަންގި ނުވަތަ "ކޯޕަރޭޓް ވެއިލް" ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން ކަމަށާއި އަލްހާނަކީ މެނޭޖިން ޑިރެކްޓަރަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮތީ ހިއްސާދާރާކަށްވުންކަން ވަކީލް ފާހަގަ ކުރެއްވިއެވެ.
މި މައްސަލާގައި ދަޢުލަތުން މިއަދު ބުނެފައިވަނީ ދައުލަތުން ދައުވާކުރީ ކުންފުންޏަކުން ކުށްކޮށްގެން ނޫންކަމަށާއި ކުންފުނީގެ ނަމުގައި ފަރުދީ ހައިސިއްޔަތުން ތިން ފަރުދަކު ކުރި ކުށަކާ ގުޅިގެން ކަމަށެވެ. އަދި ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެން ކުށްކުރާ ހާލަތްތަކުގައި ކުށްކުރި ފަރުދަށް ފަރުދީ ހައިސިއްޔަތުން ދައުވާކުރުމުގެ ފުރުސަތު ގާނޫނުއްއުގޫބާތުގައި އޮންނަކަން ދަޢުލަތުން ފާހަގަ ކޮށްފައިވެއެވެ.
އެކަމުގެ މިސާލުތައް ދައްކަވަމުން ސީލައިފް ފްލެޓްތަކުގެ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާގެ މައްޗަށް ދައުވާކުރުމުން، މައުޟޫއީ ގޮތުން މައްސަލަ ބަލައިގެން ނޫނީ ފަރުދީ ގޮތުން ބައިވެރިވުން ނެތް ކަމަށް ކަނޑައެޅެން ނޯންނާނެކަން ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ. އެހެންކަމުން ދިފާއުން ފާހަގަކުރާ ކަންކަމަށް ގޮތެއް ނިންމޭނީ މައުޟޫއީ ގޮތުން މުޅި މައްސަލަ ބަލައި ހެކިތައް ހުށަހަޅައިގެން ޝަރީއަތް ހިންގައިގެންކަން ދަޢުލަތުގެ ވަކީލް ފާހަގަ ކުރެއްވިއެވެ.
ޝަރީޢަތުން މިއަދު ވަނީ މިއަދުގެ އަޑުއެހުމަށް އަލްހާން އާއި އޭނާގެ ވަކީލު ގަޑި ޖެހިގެން ހާޒިިރުވެފައިވާތީ އެދެފަރާތް 250 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤު ފުރިހަމަކޮށް ހުށަހަޅާފައިވާ ގެއްލުން ލިބުނު 13 (ތޭރަ) މީހުންގެ ބައިގައި ދަޢުވާ ކޮށްފައިވަނީ 23 ނޮވެންބަރު 2023 ދުވަހުއެވެ.
މިމައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި، އަލްހާނު ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވެއެވެ.
އަދި މ. ފިނިވާގެ 2 ނަންބަރު ބައި، ޞަޙުބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ކޮށްފައިވާއިރު ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 (ތޭރަ) ދަޢުވާ ދަޢުލަތުން ކޮށްފައިވެއެވެ.
އެގޮތުން އަލްހާންގެ ކިންގްސް ކެޕިޓަލް އިން ހިންގި ސްކީމްގެ މައްސަލައާ ގުޅިގެން މިހާތަނަށް ކޮށްފައިވަނީ އެކު ޖުމްލަ 39 ދަޢުވާއެވެ.
ޕީޖީން ބުނީ ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. މި ސްކީމާއި ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤުކުރަމުން ކަމަށާއި އެ ބައިތަކުގެ ތަޙުޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
އަލްހާންގެ ކުންފުނިން ގިނަ ޢަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވެގެން ފުލުހުން އެކަން ތަހުގީގު ކުރަން ފެށީ 2022 ވަނަ އަހަރުގެ މާޗް މަހުއެވެ.
ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލްހާން ފަހުމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު