ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް މެދުވެރިކޮށް މިދިޔަ އަހަރަށް ވުރެ އިތުރަށް މި އަހަރު ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ވިއްކޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ފަރާތުން މި މައުލޫމާތު ހިއްސާކުރައްވަމުން މުޙައްމަދު ސައީދު ވިދާޅުވީ، ވޭތުވެދިޔަ 2023 ވަނަ އަހަރުގެ ނިޔަލަށް ކާޑުތަކަށް ޖުމުލަ 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ކާޑުތަކަށް އެންމެ ގިނައިން ޑޮލަރު ދޫކުރެވުނު އަދަދު ނަމަވެސް، މި ހިނގާ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެކަނިވެސް 304 މިލިއަން ޑޮލަރު ކާޑުތަކަށް ދޫކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، މިހާރު ވިޔަފާރިތަކާއި މުއާމަލާތްތައް ހިނގަމުންދާ އެވްރެޖް ނިސްބަތަށް ބަލާއިރު، މި އަހަރު ނިމޭއިރު މިދިޔަ އަހަރަށް ވުރެ އިތުރަށް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ކާޑުތަކަށް ވިއްކިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މީގެއިތުރުން، ބޭރު ގައުމުތަކުގެ އެކި މުއާމަލާތްތައް ކުރާ ކަސްޓަމަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ކޮންމެ މަހަކުވެސް ބީއެމްއެލްގެ 270،000 ކަސްޓަމަރުން އޮންލައިން މުއާމަލާތްތައް ފުރިހަމަކުރާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެހެން އެއްވެސް ބޭންކަކަށް އެއްފަހަރާ ފޯރުކޮށްދެވޭނެ ވަރަށް ވުރެ ބޮޑު ސަޕޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އީ-ކޮމާސް ޕްލެޓްފޯމްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ވެބްސައިޓްތަކުގައި އެކަނިވެސް ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިނގަމުންދާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ކާޑުތަކުގެ އީ-ކޮމާސް ލިމިޓް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:00 ގައި އައުވެގެންދެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް، އީ-ކޮމާސް އާއި އެހެނިހެން ކާޑު މުއާމަލާތްތަކަށް ބޭންކުން މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ހޭދަކުރެއެވެ. އަދި ހުރިހާ ދާއިރާތަކެއް ހިމަނައިގެން، ކަސްޓަމަރުންގެ އެކި ބޭނުންތަކަށް މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ބޭންކުން ދޫކުރަމުންދެއެވެ.
ބީއެމްއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، އާންމު ވިޔަފާރީގެ އިތުރުން ސިއްހީ ފަރުވާއާއި ކިޔެވުމުގެ ޚަރަދުތައް ފަދަ ޒަރޫރީ ކަންކަމަށް ޚާއްސަ ފަންޑެއް ވަނީ ގާއިމުކޮށްފައެވެ. މީގެ މައިގަނޑު މަގުސަދަކީ ކޮންމެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް، ރައްޔިތުންނަށް އެންމެ މުހިންމު މިފަދަ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަން ކަށަވަރުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު