އެންތޮނީ މެކީ އާއި ޝާހުރުކް ޚާން: ގޫގުލް އިމޭޖެސް
އެންތޮނީ މެކީ އާއި ޝާހުރުކް ޚާން: ގޫގުލް އިމޭޖެސް
ބޮލީވުޑުން "އެވެންޖާސް" ގެ ޓީމަށް އިތުރު ކުރަން އެންމެ ރަނގަޅީ ޝާހުރުކް ޚާން ކަމަށް "ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑު" ގެ ލީޑު ތަރި އެންތޮނީ މެކީ ބުނެފިއެވެ.

އެންތޮނީ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝާހުރުކް އަށް ތައުރީފް ކުރަމުންނެވެ. އޭނާ ބުނެފައިވަނީ އެވެންޖާސްގެ ފިލްމަކަށް ދެން ބޮލީވުޑުން ތަރިއަކު ހޮވަން ފުރުސަތެއް ލިބިއްޖެނަމަ ފަސްނުޖެހި ޝާހުރުކް ހޮވާނެ ކަމަށެވެ.

އެންތޮނީ މިހެން ބުނި ކްލިޕު މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު މާވެލްގެ ފޭނުންނާއި ޝާހުރުކްގެ ފޭނުންނަށް މި ހަބަރު ވީ ވަރަށް އުފާވެރި، އަދި އުންމީދުން ފުރިގެންވާ ހަބަރަކަށެވެ. ނަމަވެސް ފުރުސަތެއް ލިބިއްޖެނަމަ ޝާހުރުކް މާވެލް އާ ގުޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ޔަގީން ވެފައެއް ނުވެއެވެ.

އެންތޮނީ މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ ފިލްމު "ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑު" ނެރުމަށެެވެ. މި ފިލްމު ނެރޭނީ މިމަހު 14 ގައެވެ. މި ފިލްމު 4 ބަހުރުވައަކުން ނެރުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި އިނގިރޭސި، ހިންދީ، ތެލަގޫ އަދި ތަމަޅަ ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން