މަރްޔަމް ނަހްދާ ވަޙީދު   12 ފެބްރުއަރީ 2025 - 6:41
ކަރަން ޖޯހަރު- ގޫގުލް އިމޭޖެސް
ކަރަން ޖޯހަރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރުގެ އަމިއްލަ ނަފްސު ސިފަކުރަމުން ބުނެފައިވަނީ އޭނާއަކީ ފެމިނިސްޓެއް ކަމަށެެވެ.

އޭނާ މިހެން ބުނެފައިވަނީ ފިލްމު ޑައިރެކްޓު ކުރަން ފެށި އިރު އުފެއްދި ބައެއް ފިލްމުތަކުގައި އަންހެނުންނާމެދު ތަފާތުކުރުން ބޮޑު ކަމަށް ބުނެ އޭނާއަށް ފާޑުކިޔުން އަމާޒުވަމުން ދާތީއެވެ. އެގޮތުން މިކަންތަކަށް ރައްދުދެމުން ކަރަން ބުނެފައިވަނީ އޭނާ ފިލްމު އުފައްދަން ފެށިއިރު އުފެއްދި ފިލްމުތަކުން އަންހެނުންނަކީ ބާރުދަށް ބައެއްގެ ގޮތުގައި ސިފަ ކުރެވިފަައިވީނަމަވެސް އެކަން ބަދަލު ކުރުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ކަރަން ބުނީ ބައެއް ފިލްމުތަކުގައި ޖިންސީ ތަފާތު ކުރުންތައް ބޮޑުކަން އޭނާއަށް ފާހަގަ ވުމުން، ފަހުން އުފެއްދި ފިލްމުތަކުން އެކަން ރަނގަޅު ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ފިލްމުތަކުގައި އަންހެނުންނަކީ ބާރުވެރި އަދި އަމިއްލަ ވިސްނުމާއި ޚިޔާލު ހުންނަ ބައެއްގެ ގޮތުގައި ސިފަކޮށްފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކަރަން އިތުރަށް ބުނީ އޭނާއަކީ އުފަންވީއްސުރެންވެސް ފެމިނިސްޓެއް ކަމަށެެވެ. އަދި އެންމެ ކުޑައިރުއްސުރެވެސް އޭނާގެ މަންމަ ދަސްކޮށްދީފައިވަނީ އަންހެނުންނަށް އިހްތިރާމް ކުރުމަށް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން