އަހުޒަމް އަޙްމަދު   12 ފެބްރުއަރީ 2025 - 10:58
މީރާ އޮފީސް
މީރާ އޮފީސް
ދެހާސް ސައުވީސް ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީޢަށް ލިބުނު އާމްދަނީ ދަށަށް ގޮސްފި އެވެ.

މީރާާއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި އެ އިދާރާއަށް ލިބުނީ 3.62 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބުނީ 3.34 ބިލިއަން ރުފިޔާ އެވެ. މިއީ 7.7 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ މަހުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރީ ބޭންކް އިންކަމް ޓެކްސް އަދި ކޯޕަރޭޓް އިންކަމްޓެކްސް ދެއްކި މިންވަރު ދަށްވުމެވެ. އެ ޓެކްސްޓައް ދަށްވީ މިދިޔަ މަހު ބަންދު ދުވަހެއް އައުމާ ގުޅިގެން ފެބްރުއަރީ ދޭކާއި ހަމައަށް ޓެކްސްތައް ދައްކަން ފުރުސަތު ދިނުމުންނެވެ.

މިދިޔަ މަހު މީރާއަށް ވަނީ 125.49 މިލިއަން ޑޮލަރުގެ އާމްދަނީއެއްވެސް ލިބިފަ އެވެ.

މިިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީއިން ނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްއިން ނެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު 1.2 ބިލިއަން ރުފިޔާ ލިބުނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން