ކުރީގެ ސްޕޯޓްސް މިނިސްޓާރ އަހުމަދު މަހްލޫފު- ފޮޓޯ: ގޫގުލް
ކުރީގެ ސްޕޯޓްސް މިނިސްޓާރ އަހުމަދު މަހްލޫފު- ފޮޓޯ: ގޫގުލް
ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކޮންމެ މީހަކާމެދު ހިތްހަމަނުޖެހުން އޮންނާކަށް ނުޖެހޭ ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފު ވިދާލޫވެއްޖެއެެވެ.

މަހްލޫފު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ބްޔޮގްރަފީ ފޮތުގެ ފޮޓޯއެއްް ހިއްސާ ކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަހްލޫފު ވަނީ އެ ޕޯސްޓުގައި ޤާސިމް މި ގައުމަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން މަހްލޫފު ވިދާޅުވީ އިޖްތިމާއީ، ސިޔާސީ، ތައުލީމީ، އިގްތިސާދީ އަދި މިނޫނަސް އެހެނިހެން ދާއިރާތަކަށް ބެލިނަމަވެސް ޤާސިމް މިގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ ގުނާ އަދަދު ނުކުރެވޭހާ ގިނަ މަސައްކަތްތަކެއް ކަމަށެވެ.

އަދި މިހާރުވެސް ކޮންމެ ދުވަހަކު އެންމެ ފަތިހާ ލިބެނީ ޤާސިމްގެ ނަސޭހަތުގެ މެސެޖެއް ކަމަށްވެސް މަހްލޫފު ފާހަގަ ކުރެއްވިއެވެ.

މަހްލޫފު ވިދާޅުވީ އެކި ފަހަރުމަތިން ޤާސިމް ނަންގަވާފައިވާ ބައެއް ސިޔާސީ ނިންމުންތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުނު ނަމަވެސް، ހަމަ އެފަރާތްތަކުން ޤާސިމަށް އަލުން ސަނާ ކިޔާތަންވެސް ފެންނަ ކަމަށެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ ސިޔާސީ ފިކުރަކީ ތަފާތު އެއްޗެއް ކަމަށާއި، ހިޔާލު ތަފާތުވި ނަމަވެސް އެންމެންނަށްވެސް އިހްތިރާމް ކުރަން ޖެހޭ ކަމަށެވެ.



ޤާސިމްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ ފޮތް ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގައެވެ. ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލު ލިޔުއްވި މި ފޮތުގައި ފޮޓޯ ސަފުހާތަކާއެކު 800 އަށްވުރެ ގިނަ ސަފްހާ ހިމެނެއެވެ.

އަދި ފޮތުގައި ގާސިމްގެ ހަޔާތްޕުޅުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް މައިގަނޑު ހުރިހާ ކަންކަން ވަނީ ތަފްސީލްކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން ޤާސިމް ހޯއްދެވި ކާމިޔާބީތަކާއި ނާކާމިޔާބީތަކާއި ދަރުމަވެރި ޚިދުމަތްތަކާއި ވިޔަފާރިއާއި އިޖުތިމާއީ މަސައްކަތްތައް އެފޮތުގައި ހިމެނެއެވެ.

އަދި އެމަނިކުފާނުގެ އާއިލީ ދިރިއުޅުއްވުމާއި ސިޔާސީ ގޮތުން ރާއްޖެއަށް އައިސްފައިވާ ބަދަލުގައި އެމަނިކުފާނު ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް ކަންތައްތައް ތަފުސީލީ ގޮތެއްގައި އެފޮތުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން