ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުނި "ޔޮޓް ޓުއާސް" ގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރީ އެ ކުންފުނީގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާތީ މީރާ އިން ބުނެގެންނެވެ. އޭގެ ތެރޭގައި އަލިދު އާއި ބިނާފުށި ރިސޯޓު އަދި ކަނޑާލިފިނޮޅު ހިމެނެއެވެ.
މި މައްސަލާގައި އެ ކުންފުނިން ވަނީ މީގެ ކުރިން ސިވިލް ކޯޓުގައްޔާއި ހައި ކޯޓުގައި ދައުވާ ކޮށްފައެވެ. ނަމަވެސް ސިވިލް ކޯޓުންނާއި ހައި ކޯޓުން ހުކުމްކުރީ އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނެ ޖާގައެއް ނެތް ކަމަށެވެ.
މިހެންވެ، ޔޮޓް ޓުއާސް ގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކޮށްފައެވެ. އަދި މިއަދު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މީރާ އަށް ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު ލިބޭ ކަމަށް ދައްކާ ގާނޫނީ ހުއްޖަތްތައް ބަލިކަށި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ހުކުމްގައި ބުނެފައިވަނީ މި ކޮންޓްރެކްޓުގެ ބައިވެރިޔަކީ ދައުލަތް ކަމަށްވީނަމަވެސް މަދަނީ އެއްބަސްވުންތަކުގައި ކޮންޓްރެކްޓުގެ ވަކި ބައިވެރިޔަކަށް، ކޮންޓްރެކްޓުގެ ބޭރުން އޭނާގެ ހައިސިއްޔަތުގެ ސަބަބުން ނުވަތަ މަގާމުގެ ސަބަބުން އިތުރު އިސްކަމެއް ނުވަތަ އިތުރު ފައިދާއެއް ނެތް ކަމަށެވެ.
އަދި ކުލި ނުދައްކާނަމަ އަމަލު ކުރަން ޖެހޭ ގޮތް ކޮންޓްރެކްޓުން ވަރަށް ރަނގަޅަށް އެނގޭ ކަންވެސް ހުކުމުގައި ފާހަގަ ކޮށްފައި ވެއެވެ. އެގޮތުން ކުލި ނުދައްކާ ނަމަ އެންމެ ފުރަތަމަ އަރަނީ ލިކުއިޑޭޓެޑް ޑެމެޖަސް ކަމަށާއި، އޭގެ ފަހުން އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދީފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.
އަދި ކުލި ނުދައްކާ ހާލަތުގައި ދައުލަތަށް އަމަލު ކުރެވޭނެ ގޮތްތައް ކޮންޓްރެކްޓުގައި ބަޔާންކޮށްފައި ވަނިކޮށް އޭގައި ނެތް ފިޔަވަޅެއް އަޅައި ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ނުކުރެވޭނެކަން ހުކުމްގައި ފާހަގަ ކޮށްފައި ވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މީރާ މެދުވެރިކޮށްް ދައުލަތުން އެ އެކައުންޓުތައް ފްރީޒް ކުރެވޭނީ ދެ ފަރާތުގެ ދެމެދުގައިވި އެއްބަސްވުންތަކުގައި ގަވާއިދުގައިވާ ގޮތުގެ މަތިން އެ ހައްލު ބަޔާންކުރުމަށް ފަހު، އެކަމަށް ދެފަރާތުން އެއްބަސްވެގެން ކަމަށެވެ.
އެހެންވެ ޔޮޓް ޓުއާސްގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ކިޔުންތެރިންގެ ހިޔާލު