މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އިންޑިއާގެ ނާއިބު ރައީސްއާ ބައްދަލުކުރެއްވުން--
މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އިންޑިއާގެ ނާއިބު ރައީސްއާ ބައްދަލުކުރެއްވުން--
އިންޑިއާގެ ނާއިބު ރައީސް ސްރީ ޖަގްދީޕް ދަންކާރު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ދައުވަތު އަރުވައިފި އެވެ.

ޖަގްދީޕް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އަބްދުއް ރަހީމް ދައުވަތު އެރުވިކަން ރައްޔިތުންގެ މަޖިލީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަބްދުއް ރަހީމް މިއަދު ވަނީ ޖަގްދީބްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް ރާއްޖެއާއި އިންޑިއާގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމަށް މަޝްވަރާކުރިކަމަށް ވެސް މަޖިލީހުން ބުނެފައި ވެއެވެ.

އެ ބައްދަލުވުމުގައި ޖަގްދީޕް ވަނީ ދެ ގައުމުގެ ގުޅުން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަަމަށް ވިދާޅުވެފަ އެވެ.

އަބްދުއް ރަހީމް މިއަދު ވަނީ އިންޑިއާގެ ހުމާޔުން ޓޫމްބަށް ޒިޔާރަތް ކުރައްވާފައެވެ.

މަޖިލީހުގެ ވަފުދު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން