މަރްޔަމް ނަހްދާ ވަޙީދު   13 ފެބްރުއަރީ 2025 - 7:10
"ރޫލް ބްރޭކަރ" ޕޯސްޓަރު- ގޫގުލް އިމޭޖެސް
"ރޫލް ބްރޭކަރ" ޕޯސްޓަރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި އަލީ ފަޒަލް އަނެއްކާވެސް ހޮލީވުޑުގެ ފިލްމަކުން ފެންނަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައު ބުނެފައިވަނީ އަލީ ފަޒަލް މިހާރު މަޝްއޫލުވެ އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ރޫލް ބްރޭކާސް" ނެރުމުގެ ތައްޔާރީތަކުގައި ކަމަށެވެ. މިއީ ހޮލީވުޑްގެ ފިލްމަކަށްވީއިރު މި ފިލްމު ނެރެން ހަމަޖެހިފައިވަނީ މިއަހަރުގެ މާޗު 7 މަހު ގައެވެ.

އަލީ ފަޒަލް ވަނީ މި ފިލްމުފެ ފުރަތަމަ "ލުކް" ދާދި ފަހުން ދައްކާފައެވެ. އަދި މި ފިލްމަކީ އަންހެންވެރިންގެ ބާރުވެރިކަން ދައްކުވައިދޭ ފިލްމެއް ކަމުން އޭނާ ވަނީ މި ފިލްމުގެ ކާސްޓަކަށް ވެވުނީތީ އުފާވާ ކަމަށްވެސް ބުނެފައެވެ.

"މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭތީ އުފާކުރަން. މިއީ ހަމައެކަނި ވާހަކައެއް ނޫން. މިއީ ހިތްވަރާއި، އެއްބައިވަންތަކަމާއި، އަދި ތައުލީމުގެ އަސަރާ ބެހޭ ގޮތުން ދޭ ބަޔާނެއް" ފަޒަލް ބުނެފައި ވެއެވެ.

"ރޫލް ބްރޭކާ" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމަކީ އޮސްކާ ލިބުނު ފިލްމު އުފެއްދުންތެރިޔާ ބިލީ ގަޓަންޓެގު އުފައްދާ ފިލްމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން