ޒަކާތް ބަލައިގަތުން--
ޒަކާތް ބަލައިގަތުން--
މުދަލު ޒަކާތް ދެއްްކި މިންވަރު އިތުރުވެ މިދިޔަ މަހުވެސް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 3.6 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ޒަކާތުގެ ގޮތުގައި ވަނީ 5.3 މިލިއަން ރުފިޔާ އެވެ.

ފަހަކަށް އައިސް މުދަލު ޒަކާތް ދައްކާ އަދަދު އިތުރުވެފައިވާ އިރު މިދިޔަ އަހަރު ޖުމްލަ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ފުރަތަމަ ފަހަރަށް ލިބިފަ އެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވައިފަ އެވެ.

އަދި ޒަކާތު ހައުސްއިން މިދިޔަ އަހަރު ވަނީ ޒަކާތާ ގުޅުންހުރި ކަންކަމަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން