ބޮލީވުޑްގެ ސުޕަސްޓާރުން ޝާހުރުކް ޚާން އާއި ސަލްމާން ޚާންގެ ފިލްމުތައް ޑައިރެކްޓު ކުރަން ބޭނުން ނުވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި ޑައިރެކްޓަރު ނިކިލް އަދްވާނީ ބުނެފިއެވެެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި ނިކިލް ބުނެފައިވަނީ ޝާހުރުކް އަދި ސަލްމާނުގެ ފިލްމުތައް ޑައިރެކްޓު ކުރަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް މި ދެ ތަރިންނާއެކު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަސް ނުޖެހޭނެ ކަމަށެވެ.
އޭނާ ބުނީ މި ތަރިންނަކީ ސުޕަސްޓާރުން ކަމަށް ވުމާއެކު އެމީހުންގެ ފަރާތުން ވަރަށް ގިނަ އުންމީދުތަކެއް އޯޑިއެންސުގައި ތިބޭ ފަރާތްތަކުން ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ޑައިރެކްޓަރުންނަށް އޮންނަ ޕްރެޝަރު ބޮޑުވާ ކަމަށާއި، އެހާ ޕްރެޝަރު ބޮޑުކޮށް މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެމީހުންގެ ފިލްމުތައް ޑައިރެކްޓު ކުރަން ފަސްޖެހުނު ކަމުގައި ވީނަމަވެސް އެމީހުންނާމެދު އޮންނަ ޕްރޮފެޝަނަލް ގުޅުން ވަރަށް ރަނގަޅު ކަމަށް ނިކިލް ވަނީ އިންޓަވިއުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު