ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، އދ. މާމިގިލީގައި މިސްކިތެއް ބިނާކޮށް ދެއްވައިފިއެވެ.
މާމިގިލީ ކައުންސިލާއި ރައްޔިތުންގެ އެދުމުގެ މަތިން ބިނާކޮށްދެއްވި މި މިސްކިތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުއެވެ. އަދި މި މިސްކިތް ބިނާކުރުމަށް ހޭދަވީ 57 ދުވަސް ކަމަށްވެސް މާމިގިލީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މަސްޖިދުއް ޒިކުރާގެ ނަމުން ނަންދީފައިވާ މި މިސްކިތް ހުޅުވާފައިވަނީ އިއްޔެގެ މަޣުރިބު ނަމާދަށެވެ. މި މިސްކިތް ހުޅުވައިދެއްވީ ޤާސިމް އިބްރާހިމެވެ.
ޤާސިމް އިބްރާހީމްގެ ޚަރަދުގައި މާމިގިލީގައި އިތުރު ދެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. އަދި އަރިއަތޮޅުގެ އެކި ރަށްރަށުގެ މިސްކިތްތައް ބިނާ ކުރުމަށާއި މަރާމާތުކުރުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.
މާމިގިއްޔަކީ 2000 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު