ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ވެރިރަށް މާލޭގެ މަގުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓުން ބުނީ މި އޮޕަރޭޝަނަކީ މާލޭގެ ބާޒާރުމަތީ ފިހާރަތަކާއި ބޯޓުފަހަރުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ގޮތުން ފެށި ހާއްސަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާޒާރުމަތީ ފިހާރަތަކާއި ބޯޓުފަހަރުގައިވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަމަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރުކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްކަން ފާހަގަ ކުރެވެއެވެ. އަދި މީގެ ސަބަބުން ޓްރެފިކްގެ މައްސަލަ ހައްލުކުރަން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ފުލުހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިފަހަރު ވެސް މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު