ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބު ދާރީވުމަށް އެއް ގަޑިއިރު ދޭން މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
ޕީއެންސީއަށް މެމްބަރުން އިތުރުކުރަން ވަގު ފޯމު ހުށަހެޅުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް އިތުރު ދެ މައްސަލައެއް ފާހަގަކޮށް އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާއެކު މިދިޔަ މަހު އެވެ.
އެހެންވެ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މިއަދު ބޭއްވި އާންމު ކޮމިޓީގައި ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއް ސައްތާރު މުހައްމަދު ވިދާޅުވީ މިނިސްޓަރުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައި އޮތުމުން ޖަވާބުދާރީވާން ގިނަ ވަގުތު މިނިސްޓަރަށް ދޭން ޖެހޭނެ ކަމަށެވެ.
އެހެންވެ ޖަވާބު ދާރީވާން މިނިސްޓަރަށް ގަޑިއެއްގެއިރު އަދި ޕާޓީތަކަށް ބައިގަޑިއިރު ދޭން ހޮޅުދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުއްވަަމަށް އަލިފުށީ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް އަބްދުއް ރަހުމާން ތާއިދުކުރެއްވި އިރު އާންމު ކޮމިޓީން އެ ހުށައެޅުން ފާސްކުރީ ނުވަ މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު