ޒަހީނުއްދީން ސަޢީދު   17 ފެބްރުއަރީ 2025 - 17:43
ރާއްޖެއިން އިންޑިއާއަށް ކަނޑައެޅި އާ ސަފީރު، އާއިޝަތު އަޒީމާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ދުރުޕަތީ މުރުމުއަށް އަރުވައިފި އެވެ.

މިރަސްމިއްޔާތު ކުރިއަށްދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު، ރާޝްތްރަޕަތީ ބަވަންގައި މިއަދު މެންދުރު އެވެ.

އެ ރަސްމިއްޔާތަށް ފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމުގައި އަޒީމާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދިވެހިންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ އިންޑިއާގެ ރައީސާއި ރައްޔިތުންނަށް ރައްދުކުރައްވާފައެވެ. އަދި އަޒީމާ ވަނީ ރާއްޖޭގެ ކުރިއެރުމަށް އިންޑިއާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް އެ ބޭފުޅުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން