ގިޔާސުއްދީން ސްކޫލް--
ގިޔާސުއްދީން ސްކޫލް--
ވޭޕްގެ އާލާތްތައް ދެނެގަންނަން އިމާދުއްދީން ސްކޫލުގައި މެޓަލް ޑިޓެކްޓަރު ހަރުކުރަން ނިންމައިފި އެވެ.

މެލޭޝިއާގެ ނޫހެއް ކަމަށްވާ "ދަ ސްޓާ" އަށް ދެއްވި އިންޓަވިއުއެއްގައި އިމާދުއްދީންގެ ޕްރިންސިޕަލް ޑރ. އަލީ މަމްދޫހު ވިދާޅުވީ އީ ސިނގިރޭޓް ފަދަ ބާވަތްތަކަކީ ސްކޫލުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

އަދި ވޭޕްގެ އާލާތްތައް ހުންނަ ގޮތުން ސީދާ އެއީ އެފަދަ ތަކެތިކަން ޓީޗަރުންނަށް ދެނެގަންނަންވެސް ބައެއް ފަހަރު އުނދަގޫ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ އެފަދަ ތަކެތި ޑިޓެކްޓްކުރަން މެޓަލް ޑިޓެކްޓަރު ސްކޫލުގައި ހަރުކުރަން މިހާރު ވަނީ ނިންމައިފައި،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުން ވޭޕް ކުރުމުގެ މައްސަލަ ބޮޑު އިރު ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެފަދަ ތަކެއްޗާ ގުޅޭ އާލާތްތައް ވިއްކުމާއި ބެހުން އަދި އެތެރެކުުރުން ވެސް މިދިޔަ ޑިސެމްބަރުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން