ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށައެޅި އެ އިސްލާޙަށް ވޯޓަށް އެހުމުން އެ ބިލު ފާސްވެފައި ވަނީ 72 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ނެޝަނަލް ޕޭ ކޮމިޝަންގައި ހިމަނައިގެން މުސާރަ ދިނުމަށާއި ރޯދަމަހުގެ އެލަވަންސް ލިބެން ވާނެ ކަމަށެވެ. އެގޮތުން ޑަބްލިއުޑީސީ މެންބަރުންގެ ތެރެއިން އޭނާ އަދާ ކުރާ އިތުރު ވަޒީފާއަކުން ރޯދަ އިނާޔަތް ނުލިބޭ ފަރާތްތަކަށް ކޮންމެ ރަމަޟާން މަހެއްގެ ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ވާނެ ކަމަށް އިސްލާޙުގައިވެއެވެ.

އޭގެ އިތުރުން އަންހެނުންގެ ކޮމިޓީތައް މާލީގޮތުން ބާރުވެރި ކުރުވުމަށް މުހިއްމު އިސްލާޙުތަކެއް އެ ޤާނޫނަށް ވަނީ ގެނެސްފައެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުގައިވާ ގޮތުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ 5 އިންސައްތަ ޚާއްސަކުރަންޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށެވެ. އެގޮތުން، މި އިސްލާހާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ގަވާއިދެއްގެ ތެރެއިން ކަމަށް އިޞްލާހުގައިވެއެވެ.

މި އަހަރުގެ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން