ކާޑެއްދޫ އެއަރޕޯޓް ސަރުކާރަށް ދޫކޮށްލުމާމެދު ވިލާ ކުންފުނިން ޖަދަލު ކުރުމަށް ބޭނުން ނުވާކަމަށް ވިލާ ކުންފުނީގެ ޗެއަރމަން ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން މަޖިލީހުގެ އިގުތިޞާދީ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން އެކޮމިޓީ ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ވިލާ އެއަރގެ ބޭފުޅުން ހާޒިރު ކޮށްފައިވާއިރު އެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ހިންގަމުން ދަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށެވެ. ހަމައެހެންމެ އެއާޕޯޓްގައި ހުރި ބައެއް މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ކާޑެއްދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ރައީސް ޑރ. މުޢިއްޒާއެކު ދެފަހަރަކު ވާހަކަ ދެކެވުނު ނަމަވެސް ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އެއަރޕޯޓް ތަރައްޤީ ކުރުމަށް ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ޤާސިމް ފާހަގަ ކުރެއްވިއެވެ. އަދި އެކުންފުނިން ތިބީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ ވިސްނުމުގައި ކަމަށާއި އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ވިލާ ކުންފުނީގައި ހުރިކަމަށް ޤާސިމް ވިދާޅުވެފައިވެއެވެ.
“ސަރުކާރުން ވަކި ގޮތެއް ބޭނުންފުޅުވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖިއްޔާ އަޅުގަނޑުމެން މި ތިބީ ރީޒަނަބަލް ގޮތަކަށް ވަންޏާ، އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ނުވަންޏާ އެތަން ދޫކޮށްލާ ގޮތަށް. އަޅުގަނޑުމެން ޖަދަލު ކުރުމެއް ނެތް.” ޤާސިމް ވިދާޅުވިއެވެ.
ހަމައެއާއެކު ޤާސިމް މިއަދު ވިދާޅުވީ ވިލާ ކުންފުންޏާ ޓްރާންސްޕޯޓް މިނިސްޓްރީ އާ އަދި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު އޮތް ގުޅުން ރަނގަޅު ކަމަށާއި ކަންކަމުގައި މަޝްވަރާ ކުރެވެމުންދާކަމަށެވެ.
ޤާސިމް މިހެން ވިދާޅުވެފައިވާއިރު ކާޑެއްދޫ އެއާޕޯޓު ތަރައްގީވެގެން ދިއުމަކީ ހުވަދޫ ރައްޔިތުންގެ ބޮޑު އުއްމީދެއް ކަމަށާއި، ވިލާ ކުންފުނީގެ އަތުން އެއަރޕޯޓް އަތުލައިގެން ނަމަވެސް އެއަރޕޯޓް ތަރައްޤީ ކުރަންޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު