ދަރިންނަަށް ހަރަދު ކަނޑައަޅަން ފަނޑިޔާރުގެ މައްޗަށް ދޫކޮށްލަން ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ދެކޮޅުހައްދަވައިފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ދަރިންނަށް ހަރަދު ނުދޭ މައްސަލައާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގައި ފެމިލީ ކޯޓުން ވަނީ ދަރިންގެ ހަރަދުގެ ގޮތުގައި ދޭން ޖެހޭ އަދަދު ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ދޫކޮށްލަންޖެހޭ ކަމަށް ބުނެފައެވެ.
ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ 20 އިންސައްތައަކީ ހަރަދުގެ މައްސަލަތައް ކަމަށާއި، ހަރަދު ނުދެވޭ ސަބަބު ދެނެގަންނަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އަދި ހަރަދު ބޮޑުވެގެން ކައިވެނި ނުކުރެވި ތިބެންޖެހޭ ހާލަތު ދިމާވާ ކަމަށާއި، ހަރަދުގެ މައްސަލާގައި ކުރީގެ ކައިވެންޏަށް ކުރާ ހޭދަ ބޮޑުވެ މިހާރުގެ ކައިވެނި ރޫޅޭ ހިސާބަށް ގޮސްފައި އެބަހުރި ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ދަރިންނަށް ހަރަދުގެ ގޮތުގައި ދޭންޖެހޭ އަދަދު ކަނޑައެޅުމަށްވުރެ ރަނގަޅީ ކުއްޖާގެ ހާލަތާއި ބައްޕަގެ އާމްދަނީއަށް ބަލައި އަދަދެއް ކަނޑައެޅުމުގެ ބާރު ފަނޑިޔާރަށް ދިނުން ކަމަށެވެ.
މިކަމާ ގުޅުވައިގެން ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ އިންފްލޭޝަން މަތިވެ، ދިރިއުޅުމުގެ ހަރަދުތައް މަތިވަމުންދާއިރު މިގޮތަށް ކަންތައް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
އައްބާސް ވިދާޅުވީ އެފަރާތްތަކަށް އިތުރަށް ދޫދިނުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ ކަންތައް އިތުރަށް ހަރުދަނާ ކުރަން ކަމަށެވެ.
"ހަރަދު ނުދެވި އުމުރަށް ހުންނަން ޖެހުނަސް އެގޮތަށް ބާއްވަން ފެނޭ" އައްބާސް ވިދާޅުވިއެވެ.
ދަރިންނަށް ދޭންޖެހޭ ހަރަދު ނުދޭ މައްސަލަ އިންތިހާއަށް ގޮސްފައިވާއިރު، އެފަދަ މީހުންގެ މައުލޫމާތު ބައެއް ކޯޓުތަކުން ވަނީ އާއްމުކުރަން ފަށާފައެވެ.
އާއިލާއާ ބެހޭ ގާނޫނުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރިނަމަ މަހަކު ދޭން ޖެހޭ އަދަދު ކަމަށް ކަނޑައަޅާފައިވަނީ 2،000 ރުފިޔާއެވެ. އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ދިނުމަށް ގާނޫނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު