އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ (އ. ތ. މ.) ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ ޢިނާޔަތް ލިބޭ އިސްލާހު ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި އިސްލާހުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3000.00 ރުފިޔާ ދޭން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރަށްރަށުގައި، އަދި ސިޓީތަކުގައި އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
މި ބިލް ފާސްކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 06 ވަނަ ޖަލްސާގައެވެ. މި ބިލް ފާސްކުރައްވާފައި ވަނީ 72 މެމްބަރުންގެ ވޯޓުންނެވެ.
އެގޮތުން މި އިސްލާހު ގެނައުމުގެ ބިލްގައި ހިމެނޭ މައިގަނޑު ކަންތަކަށް ބަލާއިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކުރުމާއިއެކު ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުން ހިމެނެއެވެ.
އަދި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައްވެސް މި ބިލުގައި ހިމެނެއެވެ.
މީގެ އިތުރުން ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުންވެސް މި ބިލުގައި ހިމަނާފައި ވެއެވެ.
އަދި ހަމަ އެހެންމެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް މި ބިލުގައި ހިމަނާފައި ވެއެވެ.
ރައީސް މި ބިލް ތަސްދީގުކުރުމުން މި ބިލް ގެޒެޓު ކުރެވުމާއެކު، މި އިސްލާހަށް މިހާރު އަމަލު ކުރަން ފަށާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު