ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް އެމަނިކުފާނުގެ އަމިއްލަ ފޮންޓެއް ތައާރަފް ކުރައްވަން ނިންމަވައިފިއެވެ.
މި ފޮންޓަށް ކިޔާފައި ވަނީ "މައުމޫން" އެވެ. މި ފޮންޓު ނެރެނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓަައިޕް ގުޅިގެންނެވެ.
މި ފޮންޓު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ، މާލޭ އާޓް ގެލެރީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި ފޮންޓު އާންމުންނަށް ދައްކާލުމަށްޓަކައި ހޮނިހިރު ދުވަހު މާލޭ އާޓް ގެލެރީގައި މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މައުމޫނު ފައުންޑޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފޮންޓު ބަލާލުމަށް ބާއްވާ މައުރަޒު އާންމުންނަށް ހުޅުވާލާނީ ހެނދުނު 10:00އިން ރޭގަނޑު 11:00 އަށް ކަމަށެވެ.
ރައީސް މައުމޫނުއަކީ ތާނައަކުރުންނާއި އަރަބިން ވަރަށް ރީތިކޮށް ލިޔުއްވާ ބޭފުޅަކަށް ވީއިރު، މިއީ ރާއްޖޭގެ ރައީސެއްގެ އަތުލިޔުމަށް ފޮންޓެއް ތައާރަފްކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު