ރާއްޖޭގެ ރިީީީީތި ރިޒޯޓެއް- ބައެއް ރިޒޯޓްތަކުންނާއި ސަފާރީ ތަކުން މުވައްޒަފުން ވަކިކުރަމުން ދާކަމުގެ ޝަކުވާ ދަނީ އިތުރުވަމުން
ރާއްޖޭގެ ރިީީީީތި ރިޒޯޓެއް- ބައެއް ރިޒޯޓްތަކުންނާއި ސަފާރީ ތަކުން މުވައްޒަފުން ވަކިކުރަމުން ދާކަމުގެ ޝަކުވާ ދަނީ އިތުރުވަމުން
ކޯވިޑް-19 ގެ ސަބަބުން ވަޒީފާގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކުން ރިޕޯޓް ކުރުމަށް ޤާއިމުކޮށްފައިވާ ޖޮބް ޕޯޓަލްގައި މިހާތަނަށް 723 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން، މަބްރޫކް އަޒީޒް ވިދާޅުވީ މީގެތެރެއިން 58 މީހުންނަކީ އަމިއްލަ މަސައްކަތްކުރާ މީހުން ކަމަށެވެ.

އަދި ވަޒީފާއިން ކަނޑާލާފައިވާ 185 މީހުންނާއި، މުސާރަކުޑަކޮށްފައިވާ 113 މީހުންނާއި، ނޯޕޭއަށް ދިޔުމަށް އަންގާފައިވާ 245 މީހަކާއި، ބައި މުސާރައަށް މުސާރަ ކުޑަކޮށްފައިވާ 72 މީހުންނާއި، ސަސްޕެންޑް ކޮށްފައިވާ 64 މީހުންނާއި، ބޭސިކް ސެލަރީ އަށް މުސާރަކުޑަކޮށްފައިވާ 44 މީހުން ހިމެނޭކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޯވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަމުގެ އަޑުތައް ގަދަވެ، ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން