އިސްލާމިކް މިނިސްޓަރު ޝަހީމް--
އިސްލާމިކް މިނިސްޓަރު ޝަހީމް--
ސަދަގާތުގެ ގޮތުގައި ދޭ ފައިސާވެސް ޒަކާތު ހައުސްއަށް ޖަމާކުރަން ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި މިނިސްޓަރު މިއަދު ވިދާޅުވީ ޒަކާތު ހައުސްއަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ސަދަގާތާއި ހައިރާތާއި ހިބައާއި އެ ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފްތާގައި ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

އޭގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަންކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުންޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހެޔޮކަންކަމަށް ހޭދަކުރުމުގެ ހާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމު. ވަރަށް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ގުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ވަނީ ހޯދަންޖެހިފަ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރަމުން ދަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއްގެ ގޮތުގައި ބެލެވިފައިވާ ކުވައިތު ޒަކާތު ހައުސް ނަމޫނަ އަކަށް ބަލައިގެން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން