ރާއްޖެއާ ސިންގަޕޫރާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރިއްޖެ އެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
އެ މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާ، ކުރިޔަށް އޮތް އަހަރުތަކުގައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.
އަދި ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެ ގައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު ވެސް އެމަނިކުފާނު އާ ކުރެއްވި އެވެ.
ހަމަ އެހެންމެ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވުމަކީ ދެ ގައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުށް މަގު ފަހިވެގެން ދިޔަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު