ފަޅުރަށް ހޯދުމަށް އެދި 5 ކައުންސިލަކުން ހުށައަޅާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެގޮތުން އާދަމް ޝަރީފް ވިދާޅުވީ ފަޅުރަށް ހޯދުމަށް ހުށައަޅާފައިވާ 5 ކައުންސިލަކީ ހދ. އަތޮޅު ކައުންސިލާއި ރ. ދުވާފަރު ކައުންސިލާއި ފ.އަތޮޅު ކައުންސިލާއި ގދ. ދެއްވަދޫ ކައުންސިލްގެ އިތުރުން ގދ. އަތޮޅު ކައުންސިލެވެ.
އެގޮތުން ހދ. އަތޮޅު ކައުންސިލުން އެ އަތޮޅު ފަރިދޫ ހޯދުމަށާއި ރ. ދުވާފަރު ކައުންސިލުން އެ އަތޮޅު އެނބޫދޫ ހޯދުމަށާއި ފ.އަތޮޅު ކައުންސިލުން އެ އަތޮޅު މަކުނުއެރި ހޯދުމަށާއި ގދ. ދެއްވަދޫ ކައުންސިލުން އެ އަތޮޅު ވިލިގަލާ ހޯދުމަށާއިގދ. އަތޮޅު ކައުންސިލުން އެ އަތޮޅު މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫ ހޯދަން ހުށައަޅާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި މިހާރު ކުރިއަށް ދަނީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ކައުންސިލްތަކުން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ބިމުގެ ތަނަވަސްކަން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމަށާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.
އޭގެ އިތުރުން ކައުންސިލްތަކުން އިގުތިސާދީ މަސައްކަތްކޮށް އާމްދަނީ އިތުރުކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހަޅައިގެން 24 ފަޅުރަށެއް ހޯދުމުގެ ފުރުސަތު މިހާރުވެސް އޮތްކަމަށް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު