މާފަރު އެއާޕޯޓުގެ ރަންވޭގައި ތާރު އަލަނީ- ފޮޓޯ: އެމްޓީސީސީ
މާފަރު އެއާޕޯޓުގެ ރަންވޭގައި ތާރު އަލަނީ- ފޮޓޯ: އެމްޓީސީސީ
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑު ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރަމުން އެެމްޓީސީސީއިން ބުނެފައިވަނީ ރަންވޭ އޭޕްރަން ސީ އާއި ޑީ، އަދި ޓެކްސީވޭ ސީ އާއި ޑީ ގެ ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓަކީ ޕްރިމިއާ ގްލޯބަލް އޭވިއޭޝަން ހަބެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި އެއާޕޯޓް ފުޅާކުރުމުގެ ޕްރޮޖެކްޓުގެ ތެރޭގައި ޖުމްލަ 15،300 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި ޕްރޮޖެކްޓު ނިންމަން ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ ތެރޭގައެވެ. އަދި މި މަސައްކަތް ނިމުމުން އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެ ހައި އެންޑް ޓްރެވަލާސް އާއި ބިޒްނަސް ޖެޓް އޮޕަރޭޓަރުންނަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އެއާޕޯޓުގެ ދަރަޖަ އިތުރަށް ވަރުގަދަވެގެން ދާނެއެވެ.

މިހާރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްފަހަރާ ޕާކު ކުރެވެނީ 13 ބިޒްނަސް ޖެޓެވެ. ނަމަވެސް މި މަޝްރޫއު ނިމުމުން އެތަނުގައި އެއްފަހަރާ 26 ބިޒްނަސް ޖެޓު ޕާކު ކުރެވޭނެ ކަމަށް މީގެ ކުރިން މޯލްޑިވިއަނުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން