އަރަބި ގައުމުތަކުގެ ވެރިން އެއްގަލަކަށް އެރުމުން ޣައްޒާ އަތުލައިގަތުމަށް ޓްރަމްޕު ހެދި ރޭވުން ބާތިލުކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބޭނުންވަނީ ޣައްޒާ "އަތުލައިގަނެ" ފަލަސްތީނުގެ މީހުންގެ ވަޒަނުން އެމީޙުން ނެރެ އެމީހުންގެ ނަސްލު އެތަނުން ދޮވެލުމަށެވެ. ނަމަވެސް އޭނާ ގެންގުޅުނު މި ވިސްނުމަށް އަރަބި ގައުމުތަކުން ދެކޮޅު ހެދުމުން ޓްރަމްޕް ވަނީ އެކަމަށް ފަސްޖެހެން ފަށައިފައެވެ.

ފޮކްސް ނިއުސްއަށް ދިން ރޭޑިއޯ އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވީ ޖޯޑަންއާއި މިސްރުން އޭނާގެ (ޒަޔަނިސްޓު) ވިސްނުމާ ދެކޮޅަށް ރާވާފައިވާ ޕްލޭނުގެ ވާހަކަ އިވި އަދި އޭނާއާ ދެކޮޅުހަދާކަން އެނގުމުން "ކުޑަކޮށް ހައިރާން" ކަމެއް ލިބުނު ކަމަށެވެ.

ޓްރަމްޕު ވިދާޅުވާ ގޮތުގައި އަދިވެސް އޭނާގެ ޕްލޭނަކީ މޮޅު ޕްލޭނެކެވެ. ނަމަވެސް ކިތަންމެ ބާރުހުރި މީހެއް ކަމަށް ދެކިގެން ހުރިއެއް ކަމަކު އަރަބިން ބަހެއް ބުނާހިސާބުން ޓްރަމްޕުވެސް މިވަނީ ހަމަބިމަށް ތިރިވެ ކުޑަކަކޫ ޖަހާފައެވެ.

މީގެ ކުރިން ޓްރަމްޕު މި ވާހަކަތައް ދެއްކުމުން ޒަޔަނިސްޓް އިސްރާއީލުންވެސް އެކަމަށް ވަރަށް ތައުރީފުކޮށް ހެދިއެވެ. ނަމަވެސް މިހާރު އިސްރާއީލު އޮތީ ޓްރަމްޕުގެ ފަހަތުގައި ފިލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން