ގާނުނު އަސާސީ ބަދަލުކުރުމާ ގުޅޭ މައްސަލައިގައި ޑިމޮކްރެޓްސްގެ އެތެރޭގައިވެސް ހިޔާލު ތަފާތުވުން އުޅޭކަން ހާމަވެއްްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި ވަނީ ފަށައިފަ އެވެ.
އެ މައްސަލައިގައި ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި ނުގެނައުމުގެ ބާރު ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.
އިމްތިޔާޒް އިއްޔެ އެކްސްގައި ވިދާޅުވީ ޕާލަމެންޓަކުން ހަދާ ގޯހެއް ރަނގަޅުކުރުމަށް ސީދާ ރައްޔިތުންނަށް، ދައުރުން ދައުރަަށް ނުވަތަ އެކިފަހަރުމަތިން ފުރުސަތުލިބިދޭ ކަމަށެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓަކުން ހަދާ ގޯހެއް ރަނގަޅުކުރުމަށް އެގޮތަށް ފުރުސަތު ނުލިބި، ދާއިމީ ގޯހެއް (ޕްރެސިޑެންޓެއް) ގާއިމުވެގެންދާނެ ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒްގެ ޓުވީޓަށް ރައްދު ދެއްވައި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އިމްތިޔާޒްގެ ވިސްނުމާ ދެކޮޅުކަން ހާމަ ކުރައްވައިފަ އެވެ.
"އެހެންވީމާ ގާނޫނު އަސާސީގައި ބަޔާން ކުރާ އިސްލާމް ދީނާއި ހިލާފު ނުވާށޭ ބުނެފައިވާ މާއްދާ އުވާލާފައި އާންމު ތަންތާންގައި ބަނގުރާ ވިއްކާ، ކެސީނޯ ހުޅުވަން ގާނޫނު ފާސް ކުރިޔަސް ދެން އިންތިހާބުވާ މަޖިލީހަކުން އެކަން ބަދަލުކުރަންދެން ރައްޔިތުން ތިބެންވީތޯ؟" ބޮންޑޭ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވީ ގާނޫނު އަސާސީގެ ގޮނޑި ގެއްލޭ މާއްދާއަކީ ދުސްތޫރީ ގާނޫނު އަސާސީ ގައި ބުނެފައިވާ ގޮތާއި ހިލާފަށް ގާނޫނު އަސާސީ އަށް ގެނެވިފައި ބާތިލު ބަދަލެއް ކަމަށެވެ.
"ރާއްޖޭގެ ގާނޫނު އަސާސީ ފަހުމްވާނީ 1932 ވަނަ އަހަރުން ފަށައިގެން ފާސްކުރި 15 ގާނޫނު އަސާސީ ކިޔައިގެން. ފެހި ގާނޫނު އަސާސީ އެކަނި ކިޔައިގެން ފަހުމްވާނީ ދެލިގަޑު އެކަނި. ދި ޑިމޮކްރަޓްސް އިން އޮތީ އަލީ ހުސައިންގެ މައްސަލަ އަށް ތާއީދު ކޮށްފައި. ޢަދި ވެސް އެކަން އޮތީ އެގޮތަށް." ބޮންޑޭ ވިދާޅުވި އެވެ.
އިންތިއާއި ބޮންޑެގެ މި ބަހުސްގެ ތެރެއަށް ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި އިބްރާހީމް އިސްމާއީލް ވަދެވަޑައިވެން ވަނީ، ރާ ވިއްކުމާއި ކެސިނޯ އަޅަން ހުއްދަ ކުރުމުން ދިވެހިން މަޑުން ތިބެދާނެތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު