ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ތަނެއް (ފޮޓޯ- ޓްވިޓަރ)
ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ތަނެއް (ފޮޓޯ- ޓްވިޓަރ)
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ 300 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ދާން ރަޖިސްޓަރީ ކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 300 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ދާން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިވެހި ސަރުކާރުގެ ޚަރަދުގައި އަނބުރާ ފޮނުވައިލުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި ވަނީ އެދިފައެވެ.

ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން އާ ފޯނުން ގުޅުއްވައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ދެއްކި ވާހަކަފުޅުގައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެގައުމަށް ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައި ކަމަށް ފޮރިން މިނިސްޓްރީ އިން ހާމަކުރެއްވިއެވެ.

އެހެން ނަމަވެސް އެ މީހުން އަނބުރާ ފޮނުވައިލުމުގައި އަމަލުކުރާ އުސޫލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން