ދެކުނުގެ ރަށެއްގެ ސްކޫލެއްގެ ފިރިހެން ދަރިވަރަކު ގްރޫމްކުރި އެ ސްކޫލުގެ އަންހެން ޓީޗަރު ވަޒީފާއިން ވަކިކޮށްފި އެވެ.
މިދިޔަ މަހު 21 ވަނަ ދުވަހު ހުށަހެޅި މި މައްސަލަ ފުލުހުން ވެސް ބަލަމުންދާ އިރު އެޑިއުކޭޝަންގެ އޮފިޝަލު މިއަދު "ރަސް"އަށް ކަށަވަރުކޮށްދިން ގޮތުގައި އެ ޓީޗަރު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
ނަމަވެސް މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ އެކަން ހިނގި ރަށެއް ފުލުހުންވެސް ހާމައެއް ނުކުރެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން އެ މައްސަލައާ ގުޅޭ މައުލޫމާތުތައް ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ވަނީ ފަށައިފަ އެވެ.
މެދު ރާއްޖެ ތެރޭގެ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކުވެސް ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ފުލުހުން މިހާރު ދަނީ ބަލަމުން ނެވެ. އެ މައްސަލައިގައި އެ ޓީޗަރު މިހާރު ހުރީ ބަންދުވެސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު