ކުުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މުޖްތަމައުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، އެޗްޑީސީން ދެ ޖަމިއްޔާއަކާ ގުޅިގެން ވީޑިއޯ ސީރީސްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނީ މި ޕްރޮގްރާމްތަކަކީ "އަލް އަސްރު" އަދި "އިލްމް" ޖަމިއްޔާ އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.
މި ސީރީޒްތަކުގެ މަގްސަދަކީ ރޯދަ މަހާ ދިމާކޮށް އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެގޮތުން، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީ ގުޅިގެން "ގެއްލޭނެތަ" ނަމުގައި މީހުން ހޭލުންތެރި ކުރުމަށް ވީޑިއޯ ސީރީޒްއެއް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
"ގެއްލޭނެތަ" ސީރީޒްގެ ދަށުން، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިލްމީ މައުލޫމާތުން ފުރިގެންވާ ވީޑިއޯއެއް ދޫކޮށްލެވޭނެއެވެ. މިއީ، ރަމަޟާން މަހުގައި ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދިނުމާއެކު، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދެވޭ ސީރީޒްއެއް ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން 'އިލްމް' ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒްއެއް ކުރިއަށްގެންދެވޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން މި ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދެވޭނެއެވެ.

"ވާހަކަޔޯ ވާހަކަޔޯ" ޕްރޮގްރާމުގެ ޕޯސްޓަރު- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން މި ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާންއެވެ. މީގެ މަގްސަދަކީ، އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މިއީ، އެޗްޑީސީން 'އިލްމް' ޖަމިއްޔާއާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ. މި ސީރީޒްގެ ސަބަބުން، ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ދީން އުނގެނުމަށް ބާރުއެޅިގެންދާނެއެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގައި އެކި ދާއިރާތަކުން މީހުން ހޭލުންތެރިކަން އިތުރު ކުރުމާއެކު އެ ކޯޕަރޭޝަނުން ރަމަޟާން މަހާ ދިމާކޮށް އާންމުންނަށް ފޯރުކޮށްދޭ މައުލޫމާތުތަކަކީ އެ މަހަށް ބޭނުންތެރި މައުލޫމާތުތަކަކަށް ހެދުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު